Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރައީސް ޔާމީނާއި އަދީބްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަމެއް ނޭނގޭ : އައިބީ

ރައީސް ޔާމީން އާއި ނައިބު ރައީސް އަދީބުގެ މެދުގައި ދެބަސްވުންތަކެއް އުފެދިގެން އުޅޭކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިބީ ވިދާޅުވި ގޮތުގައި ރައީސް ޔާމީން އާއި ނައިބު ރައީސްގެ ދެމެދު އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން އުޅޭކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެނގިވަޑައިގަންނަވާ ގޮތުގައި، އެ ދެބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

" އަޅުގަނޑުމެންނަކަށް ނޭނގޭ އެ ދެބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް އުޅޭކަމެއް. އެނގޭ ގޮތުގައި އެ ދެބޭފުޅުންގެ ގުޅުން ވަރަށް ރަގަޅު" އައިބީ ވިދާޅުވިއެވެ.

އައިބީ މިގޮތަށް ވިދާޅުވެފައިވާއިރު، ލޯންޗްކޮޅުގައި ހިނގި ހާދިސާއަށް ފަހު ރައީސް ޔާމީން އާއި އަދީބުގެ ދެެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް ޕީޕީއެމް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. ލޯންޗްގައި ހިނގި ހާދިސާ އާއި ގުޅިގެން ރައީސް އުފެއްދި ހާއްސަ ކޮމިޓީ އިން ވެސް އަދީބަށް ފުރުސަތު ދެއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗް "ފިނިފެންމާ" ގައި ގޮވި ގޮވުމަކީ ކުރިން ރާވައިގެން ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާގެ ތަހުގީގުގައި ބައިވެރިވި ލަންކާގެ ސީއަޑީ ޓީމާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.