Last Updated: April 18, 12:20
Thursday, April 18, 2024
ޚަބަރު

ފްލައި ސްކޫލްގެ ބޯޓެއް ރަންވޭ މައްޗަށް ކަހާލައިފި

އައްޑޫ ސިޓީ ގަމުގައި ސްރީލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ބޭނުންކުރާ ޓްރެއިނިން ފްލައިޓެއް ޖައްސަން އުޅެނިކޮށް ރަންވޭ މައްޗަށް ކަހާލައިފިއެވެ.

ފްލައި ސްކޫލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމަތު ދެމުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފްލައިޓް ލޭންޑް ކުރަން އުޅެނިކޮށް އެންމެ ފުރަތަމަ ބޯޓުގެ ކުރީ ފުރޮޅު ރަންވޭގައި ޖެހުމުން ކަމަށެވެ. އޮފިޝަލް ބުނި ގޮތުގައި ފްލައިޓް ލޭންޑް ކުރާއިރު ފުރަތަމަ ޖައްސާނީ ފްލައިޓްގެ ފަހަތު ފުރޮޅު ކަމަށެވެ.

މިހާދިސާ ހިނގި އިރު ފްލައިޓް ދުއްވަން އިނީ ފްލައި ސްކޫލްގައި ޕައިލެޓް ކޯސް ފުރިހަމަ ކުރަމުންދާ އަންހެން ދަރިވަރެކެވެ. ނަމަވެސް އޭނާއަށް އަނިޔާއެއް ވެފައި ނުވާކަމަށް ފްލައި ސްކޫލްގެ އޮފިޝަލް ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

ފްލައިޓް ދުއްވަން އިން ދަރިވަރަށް ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް "ވަގުތު" ނޫހުން ރިޕޯޓްކޮށްފައިވި ނަމަވެސް އެ ދަރިވަރަށް ފަރުވާ ދެމުންދަނީ ފޭދޫ ސިއްހީ މަރުކަޒުގައި ކަން 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ޚަދީޖާ ހަފްސާ ވިދާޅުވި ގޮތުގައި ފްލައި ސްކޫލްގެ ބޯޓު ދުއްވަން އިން ކުއްޖާއަށް ލިބުނު ޝޮކަކާއި ގުޅިގެން އޭނާއަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ.
12083989_709991252433878_2058003794_n

12087624_709986979100972_222818194_n