Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މިއަދުގެ ހުކުރު ނަމާދު ފޭދޫ މަސްޖިދުލް އަމާންގައި ކުރައްވާނީ ޝެއިޚް އިލްޔާސް ޙުސައިން

މިއަދުގެ ހުކުރު ނަމާދު ސ.ފޭދޫ މަސްޖިދުލް އަމާން (ފޭދޫ ބޮޑު މިސްކިތް)ގައި އިމާމްވެ ހުކުރު ކުރައްވާނީ ޝެއިޚް އިލްޔާސް ޙުސައިން އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޝެއިޚް އިލްޔާސްގެ އިތުރުން ޑރ. މަޖީދް އަބްދުލް ބާރީ އާއި ޑރ. އިޔާޟް އަބްދުއްލަތީފް ދެއްވާ ޙާއްސަ ދަރުސެއް މިރޭ ހިތަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ ދަރުސް އޮންނާނީ 8:15ގައި ހިތަދޫ މަސްޖިދުލް އިކްރާމް ކައިރިން އޮންނަ ހުސްބިމުގައެވެ.