Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ހުކުރު ވަގުތުގައި ވެސް އައްޑޫގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލައިފި

އައްޑޫ ސިޓީގެ ބައެއް ހިސާބުތަކުން ހުކުރު ވަގުތު ވެސް ކަރަންޓް ކަނޑާލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ހުކުރު ވަގުތު މަރަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމުގެ ސަބަބުން ހުކުރު ޚުތުބާ ކިޔާފައިވަނީ ސައުންޑް ސިސްޓަމް ވެސް ބޭނުންކުރެވޭ ގޮތް ވަނީ ނުވެފައެވެ. މީގެ އިތުރުން ހިތަދޫގެ ބައެއް ހިސާބުތަކުން ވެސް އެގަޑީގައި ކަރަންޓު ކަނޑާލާފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން ފޮނުވާފައިވާ ނޯޓިސްގައި ނުހިމެނޭ ސަރަހައްދުތައް ވެސް ހިމެނޭ ކަމަށް ވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަން ފަށާފައި މިވަނީ، ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގޭގެ މައި އިންޖީނަކަށް މައްސަލަތަކެއް ދިމާވެ އެ އިންޖީނު މަރާމާތު ކުރަމުންދާތީއެވެ.

ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޓަކައި ޖުލައިމަހުގެ ތެރޭގައި 2 އިންޖީނެއް ވެސް ވަނީ ގެނެސްފައެވެ. ނަމަވެސް ފެނަކައިން ފަހުން ވަނީ، މާލޭގައި ކުރިއަށްދިޔަ މިނިވަން50 ގެ ހަރަކާތްތަކަށް އެ 2 އިންޖީނު ވެސް މާލެ ގެންގޮސްފައެވެ.