Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޝައިތާނާގެ ހެއްލުންތެރި ރޭވުންތަކަށް ނުހެއްލުމަށް ޝެއިޚް އިލްޔާސް ގޮވާލައްވައިފި

ހިޖްރީ އާ އަހަރެއް ފެށިގެންދާއިރު މާޒީން އިބްރަތް ލިބިގަނެ ޝައިތާނާގެ ހެއްލުންތެރި ރޭވުންތަކަށް ނުހެއްލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ޝެއިޚް އިލްޔާސް ހުސައިން ގޮވާލައްވައިފިއެެވެ.

ޤުރުއާނާއި ސުންނަތުން އެތައް ދަލީލުތަކެއް ދައްކަވަމުން މުއުމިނުންނަށް ﷲގެ މަގަށް ރުޖޫޢަވުމުގެ ވަގުތު ނުޖެހޭތޯ ސުވާލު ކުރައްވައި ޝެއިޚް އިލްޔާސް ވިދާޅުވީ އިންސާނާ އާއި ކުރިމަތިވާނެ އެންމެ ބޮޑު ހަޤީޤަތް ކަމުގައިވާ މަރުން އިބްރަތް ލިބިގަނެ ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މީގެ އިތުރުން މިއަދުގެ ޚުތުބާގައި ޝެއިޚް އިލްޔާސް ވަނީ، އިސްވެދިޔަ އުއްމަތް ތަކުގެ މީހުންގެ ތެރެއިން ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތައް ކުރި މީހުންނަށް ވެގެންދިޔަ ގޮތް ވެސް ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްދެއްވާފައެވެ.

ޝެއިޚް އިލްޔާސް މިގޮތަށް ގޮވާލައްވާފައިވަނީ މިރޭ ފޭދޫގައި އިންޑިޔާގެ ބޭންޑެއް ގެނެސްގެން މިއުޒިކް ޝޯވް އެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.