Last Updated: April 18, 19:44
Thursday, April 18, 2024
ޚަބަރު

ސައުދު ތަސްލީމް އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ “ދަ މެސެޖް” ސިލްސިލާ ދަރުސް ޕްރޮގްރާމަށް ރާއްޖެ ވަޑައިގެންފައިވާ އެމެރިކާގެ މަޝްހޫރު ދާޢީ ސައުދު ތަސްލީމް އައްޑޫ ސިޓީއަށްވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ނޫރުލް އިސްލާމްގެ ރައީސް ޝެއިޚް މުހައްމަދު އަނީލް ވިދާޅުވި ގޮތުގައި މާދަމާގެ ވަގުތެއްގައި ސާދު ތަސްލީމް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށާއި އާދީއްތަ ދުވަހުގެ ނިޔަލަށް އެބޭފުޅާ އައްޑޫގައި ހުންނަވާނެ ކަމަށެވެ.

ޝެއިޚް އަނީލް ވިދާޅުވި ގޮތުގައި މި ދަތުރާއި ގުޅޭގޮތުން އެ ޖަމިއްޔާގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާޢި ބެހޭ މައުލޫމާތު ވަރަށް އަވަހަށް މީޑިޔާ އާއި ހިއްސާކުރާނެ ކަމަށެވެ.

މިއީ ދި މެސެޖް އެމްވީ ޕްރޮގްރާމްގެ ދަށުން ދަރުސް ދިނުމަށް ރާއްޖެއައި ދާޢީއަކު މާލެ ފިޔަވައި އެހެން ރަށެއްގައި ދަރުސް ދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.