Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ޑރ.ޖަމީލުގެ ރާގު ބަދަލުވެ ނަޝީދު މިނިވަން ކުރުމަށް ގޮވާލައިފި

13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެ.

ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އދ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމާފައިވާ ގޮތަށް، ނަޝީދު ދޫކޮށްލުމަށް ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ. ނަޝީދުގެ އިތުރުން، "ހުރިހާ ސިޔާސީ ހައްޔަރީން" ވެސް ދޫކޮށްލުމަށްވެސް ޖަމީލް ވަނީ ގޮވާލައްވާފައެވެ.

ޑރ.ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ދިވެހިރާއްޖޭގައި ޑިމޮކްރަސީއަށް ފުރުސަތު ދޭންޖެހޭ ކަމަށާއި، ސިޔާސީ ފަރާތަތައް ހައްޔަރުކުރުން ހުއްޓާލަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ. ވޯކިން ގްރޫޕުން ރައީސް ނަޝީދު މިނިވަންކޮށް، އެމަނިކުފާނަށް ބަދަލު ދިނުމަށް ގޮވާލާފައި ވީނަމަވެސް، ސަރުކާރުން ވަނީ އެ ގްރޫޕުގެ ނިންމުން ބަލައިނުގަންނަކަން ހާމަކޮށްފައެވެ.

ނަޝީދު ދޫކޮށްލުމަށް ޑރ.ޖަމީލު ގޮވާލައްވާފައި ވާއިރު، 2013 ގެ ރިޔާސީ އިންތިޙާބްގެ ދުވަސްވަރު އެމަނިކުފާނު ވަނީ ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލާނެ ކަމަށާއި އިންތިޙާބު ކާމިޔާބު ކުރިއަސް ވެރިކަން ހަވާލު ނުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.