Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޝަމްސުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

އިނާމްދިނުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ވޮއިސް އޮފް މީދޫ

ސ.މީދޫ ޝަމްސުއްދީން ސްކޫލްގެ 2014 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވުނު މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ، ވިލާކޮލެޖްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޕްލޭލިންގ އެންޑް އެޑްމިނިސްޓްރޭޝަން ޑރ. އަލީ ނަޖީބެވެ.

ޝަމްސުއްދީން ސްކޫލް ހޯލުގައި ބޭއްވި މިޖަލްސާގައި މިދިޔަ އަހަރު އެސްކޫލުން ކިޔެވުމުގެ ރޮގުންނާއި ކުޅިވަރާއި އިތުރު ހަރާކްތަތަކުން އެކިއެކި ވަނަތައް ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާލީޔުމާއި ޝިލްޑް ދީފައިވެއެވެ. މިގޮތުން ސަބްޖެކްޓް ޕްރައިސް، ކްލާސް ޕްރައިޒް، ޑިސިޕްލިން އެވޯޑް، ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް، އޮނަލިސްޓެޑް އެވޯޑް ގެ އިތުރުން ގްރޭޑް 7 ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު 8 ދަރިވަރުންހޮވާ އެދަރިވަރުންނަށް ވެސް ހަނދާލީޔުމާއި ޝިލްޑް ދީފައިވެއެވެ.

އަދި ވޭތުވެދިޔަ އަހަރުު އިންޓަސްކޫލް މުބާރާތްތަކާއި ގައުމީފެންވަރުގައި ބޭއްވުނު މުބާރާތްތަކުން ވަނަވަނަ ހާސިލްކޮށްފައިވާ ދަރިވަރުންނަށްވެސް ހަނދާލީޔުމާއި ޝީލްޑް ދީފައިވެއެވެ.

ޝަމްސުއްދީން ސްކޫލުން 2014 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ ރަގަޅު ދަރިވަރުންގެ ގޮތުގައި 10 ދަރިވަރަކު ހޮވާފައިވެއެވެ. އެ ދަރިވަރުންނަކީ :

1- ހައްވާ ޖީލާން / އާސާމް

2- މުހައްމަދު އައިމަން އަބްދުއްސައްތާރު/ އައިސާދަރުގެ

3- މާހީ ޝަފީގު / ފެންފިޔާޒުވާދީ

4- އަބްދުﷲ އައިހަމް މުހައްމަދު / ހެޕީސަން

5- ރައިހާން އަލީ / ކުދިމާވިލާ

6 – މަރިޔަމް ޝިއުނާ / އޮއިވަރު

7- ޝިއުމާ އަލީ / ސެވީނާ

8- މަރިޔަމް ހަޝްމާ ސައީދު / ސީސަންވާދީ

ޝަމްސުއްދީން ހޯލްގައި ބޭއްވުނު މިރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީލިއުން އަދި ޝީލްޑް ހަވާލްކޮށްދެއްވީ ޝަރަފްވެރި މެހްމާނު ވިލާކޮލެޖްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޕްލޭލިންގ އެންޑް އެޑްމިނިސްޓްރޭޝަން ޑރ. އަލީ ނަޖީބާއި ބޭންކްއޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ އަބްދުﷲ ސޯލިހާއި ސ. އަތޮޅުމަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާގެ އިތުރަށް ޝަމްސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އިބްރާހިމް ވަހީދާއި މީދޫއަވަށު އޮފީހުގެ ޑިރެކްޓަރ އަބްދުﷲ ރަޝީދެވެ.