Last Updated: April 24, 09:10
Wednesday, April 24, 2024
ޚަބަރު

ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ލިންކް ރޯޑްގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެއްޖެއެވެ.

'މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ޝަރަފުއްދީން ސްކޫލް ކުރިމަތިން ލިންކް ރޯޑުގައެވެ. ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓުގައި އެއް ސައިކަލް ދުއްވަން އިނީ ދެމަފިރިއެކެވެ. އަދި އަނެއް ސައިކަލް ދުއްވަން އިނީ އައްޑޫ ހައި ސްކޫލްގެ ދަރިވަރެކެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 3 މީހުން ވެސް ވަނީ އެކްސިޑެންޓް ހިނގުމާއި އެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުގެ މެނޭޖަރ ޚަދީޖާ ހަފްސާ 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައ މި އެކްސިޑެންޓްގައި ޒަޚަމްވި 3 މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.