Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

"ސަނަމް" ބަލަން ދާންވެގެން ދޯންޏަށް އަރަން އުޅުމުގެ ތެރޭގައި ކައުންސިލަރ އައްދު މޫދަށް

ޕީޕީއެމް އަށް ސޮއިކުރުމަށް ފަަހު އަލީ މުހައްމަދު ވާހަކަ ދައްކަވަނީ . ފޮޓޯ: ވަގުތު

ހުކުރު ދުވަހުގެ ރޭ ފޭދޫގައި ބޭއްވި ޝޯވ ބަލަންވެގެން ހުޅުމީދޫ އިން ފޭދޫއަށް ދިޔަ ފެރީއަށް އަރަން އުޅުމުގެ ތެރޭގައި އައްޑޫ ސިޓީ ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުހައްމަދު މޫދަށް ވެއްޓިއްޖެއެވެ.

ފެރީ އިން ދަތުރުކުރި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އައްދު މޫދަށް ވެއްޓިފައިވަނީ، ދޯނި ނައްޓާލި ވަގުތު ދުވެފައި އައިސް ދޯންޏަށް އަރަން ވެގެން ފުއްމާލި ވަގުތު ކަމަށެވެ.

" ފެރީ ނައްޓާލި ވަގުތު ދުވެފައި އައިސް ދޯންޏަށް އަރަން އުޅުނީ. އެކަމަކު ފުއްމާލި ވަގުތު ދޯނީގައި ލައްވާނުލައި މޫދަށް ވެއްޓުނީ. އެބޭފުޅާގެ ފޯން ވެސް ވަނީ ހަލާކުވެފައި" އޭނާ ބުންޏެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދިން އެހެން މީހަކު ބުނި ގޮތުގައި ދޯންޏަށް މީހުން އެރި ވަގުތު ދުވެފައި ނޭރުމަށާއި، ފުއްމައިގެން ގޮސް ދޯންޏަށް ނޭރުމަށް ވެސް އައްދު ނަސޭހަތްތެރިވި ކަމަށެވެ. މޫދަށް ވެއްޓުނު ނަމަވެސް ކައުންސިލަރ އައްދު ވަނީ ހަމަ އެ ފެރީގައި ޝޯވް ބަލަން ފޭދޫއަށް ދިޔައެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި ހާދިސާ އާއި ގުޅިގެން އަލީ މުހައްމަދުގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.