Last Updated: April 25, 12:03
Thursday, April 25, 2024

ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އައްޑޫގައި ސައިކަލް ބުރެއް ބާއްވަނީ

13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އައްޑޫ ސިޓީގައި ސައިކަލުބުރެއް ބާއްވަން ހަމަޖައްސައިފިއެވެ.

އައްޑޫ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ޒުވާނުން އިސްނަގައިގެން ބާއްވާ މި ސައިކަލު ބުރު އޮންނާނީ އޮކްޓޫބަރު މަހުގެ 16 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ.

ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު މި ސައިކަލް ބުުރު ފަށަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫ އިންނެވެ. އެމްޑީޕީ ޒުވާނުންގެ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު ބުނި ގޮތުގައި ހުކުރު ދުވަހު ހަވީރު އެމްޑީޕީގެ ތާއީދު އައްޑޫ ސިޓީގައި ނެތް ކަމަށް ބުނާ ފަރާތްތަކަށް ވަރަށް ރަގަޅު ޖަވާބެއް ލިބިގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވަނީ ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ވޯކިންގ ގްރޫޕުން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.