Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޝެއިޚް އިލްޔާސްގެ ދަރުސެއް މިރޭ ފޭދޫ ސްކޫލްގައި

ޝެއިޚް އިލްޔާސް ޙުސައިންގެ ހާއްސަ ދަރުސެއް މިރޭ އައްޑޫ ސިޓީ، ފޭދޫ ސްކޫލްގައި އޮންނާނެއެވެ.

ދަރުސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ނޫރުލް އިސްލާމްގެ އޮފިޝަލަކު ބުނި ގޮތުގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިދަރުސް ފެށޭނީ މިރޭ 8:15 ގައެވެ. އާޚިރަތް ދުވަސް" މި މައުޟޫއަށް ޝެއިޚް އިލްޔާސް ދެއްވާ މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ދިއުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ޝެއިޚް އިލްޔާސް ހުސައިން ވަނީ ނޫރުލް އިސްލާމްގެ ދަރުސް ޕްރޮގްރާމެއްގައި ތަގްރީރު ކުރައްވާފައެވެ.