Last Updated: March 29, 06:12
Friday, March 29, 2024
ވިޔަފާރި

ގޯދި ފިހާރައިން މިޑިއާނެޓްގެ ބިލްތަކަށް ފައިސާ ބަލައިގަންނަނީ

މަރަދޫގައި ހުންނަ ގޯދި ފިހާރައިން މީޑިއާ ނެޓްގެ ބިލްތަކަށް ފައިސާ ބަލައިގަންނަން ފަށައިފިއެވެ.

ގޯދި ފިހާރައިގެ އިސް އޮފިޝަލަކު ބުނީ މީޑިއާ ނެޓްގެ މަހުފީ ބަލައިގަތުމާއި، ޑީކޯޑަރު ދޫކުރުމުގެ ހިދްމަތް އެ ފިހާރައިން ފަށާފައިވާ ކަމަށެވެ.

ރީފްސައިޑްގެ ރީސެލާއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ގޯދި ފިހާރައިން ސޮނީ ބްރޭންޑްގެ އެންމެ ފަހުގެ ޓީވީ އާއި ފޯނު ވިއްކަމުން އަންނަ އިރު ސޮނީ ވޮރެންޓީވެސް އެތަކެއްޗަށް ދޫކުރެއެވެ.

މީގެ އިތުރުން ބުލޫ ސްޓާ، އެއާކޮންޑިޝަނާއި، ހައިސެންސް ޓީވީގެ އިތުރުން ބޯސް ސްޕީކާ އާއި ރީޕްސައިޑުން ވިއްކާ ގިނަ ބްރޭންޑްގެ މުދާ ހެޔޮއަގުގައި ވިއްކަމުން ދެއެވެ.

މީޑިއާ ނެޓްގެ ހިދްމަތް ގޯދި ފިހާރައިން ދޭން ފެށިއިރު، ޑިޖިޓަލް ޑީކޯޑަރުތައް އިންސްޓޯލްމެންޓަށް ދޫކުރަން މީޑިއާ ނެޓުން ވަނީ ހަމަޖައްސާފައެވެ.