Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

"އިލީ ކޮފީ" ގެ ރަހަ ދައްކާލައިފި!

ސިމްޑީ ކުންފުނިން ރާއްޖެ އެތެރެކުރާ އިލީ ކޮފީގެ ރަހަ ދައްކާލުމަށް ހާއްސަ ހަރަކާތެއް އިއްޔެއާއި މިއަދު ހިތަދޫގައި ބާއްވައިފިއެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ "ސިމްޑީ އައްޑޫ ޝޯ ރޫމް" ކުރިމަތީގައި ބޭއްވި މި ހަރަކާތަށް ހިތަދޫގެ ވަރަށް ގިނަ ބައެއްގެ ތަރުހީބެއް ވަނީ ލިބިފައެވެ.
illy2

ސިމްޑީ ރެޒޫގެ ސޭލްސް މެނޭޖަރ އަލީ މުރުތަޟާ،މިއަދު ވިދާޅުވީ، އިލީ ކޮފީގެ ރަހަ ދައްކާލުމަށް ބޭއްވި " އިލީ ކޮފީ" ސާމްޕްލިން ހަރަކާތަކީ ގިނަ ބަޔަކަށް ކޮފީގެ ރަހަ ދައްކާލުމަށާއި، އައްޑޫގެ ބައެއް ރެސްޓޯރެންޓްތަކަށް ކައިރި މުސްތަގްބަލެއްގައި އިލީ ކޮފީ ލޯންޗް ކުރުމަށް މަސައްކަތް ކުރަމުންދާތީ ހިންގި ހަރަކާތެއް ކަމަށެވެ.
illy3

މުރުތަޟާ ވިދާޅުވީ މިހާރުވެސް ހިތަދޫ "މައި ބާގާ" އާއި "ކްއެންޗް ރެސްޓޯރެންޓް"އިން އިލީ ކޮފީ ލިބެން ހުންނާނެކަމަށެވެ. އަދި އެ ދެ ރެސްޓޯރެންޓްއިން އިލީ ކޮފީއަށް ބޮޑު ތަރްހީބެއް ލިބެމުން އަންނަ ކަމަށެވެ.

ސިމްޑީ ކުންފުނިން ވަރަށް އަވަހަށް އީކްއޭޓަރ ވިލެޖް އާއި ކޮފީ ބެންޑް އަދި ޕާމް ވިލެޖްގެ އިތުރުން ހިތަދޫ ކްރެސް ގާޑަންއިން އިލީ ކޮފީ ވިއްކަން ފަށާނެއެވެ.
illy5

ސިމްޑީ އައްޑޫ ޝޯ ރޫމްއިން ކެނޯން ބްރޭންޑްގެ ޕްރިންޓަރާއި، އެކުންފުނިން ރާއްޖެ އެތެރެ ކުރާ ކޮންސިއުމާ ސާމާންދަނީ ހޯލް ސޭލް ކުރަމުންނެވެ. އެގޮތުން އެކުންފުނީގެ މުދާ ހޯދުމަށް 9998850 އާއި 6884000 ނަންބަރަށް ގުޅުއްވައިގެން ލިބޭނެއެވެ.

އެކުންފުނީގެ ދަށުން ހިންގާ އައިއެމްޑީސީ ހޮސްޕިޓަލްވެސް ދަނީ ބޮޑު އަޕްގްރޭޑެއް ކުރަމުންނެވެ.