Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

ހުޅުމީދޫގެ މަގުތަށް އަލި ކުރުމުގެ ބޮޑު މަޝްރޫޢެއް ފަށައިފި

ހުޅުމީދޫގެ މަގުތައް ދިއްލުމަށް ބޮޑު މަޝްރޫއެއް ފަށައިގެން ކުރިއަށްގެންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުހައްމަދު (އައްދު) ވިދާޅުވީ މިމަސައްކަތަކީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރަމުންދާމަސައްކަތެއްކަމަށެވެ.

އައްދު ވިދާޅުވީ ހުޅުމީދޫގެ މަގުބައްތިތަށް ޒަމާނީ ބައްތިތަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ކަމަށެވެ. އެގޮތުން މިހާތަނަށް ހުޅުދޫގެ ހުރަސްމަގާ ދިގުމަގުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް އައްދު ވިދާޅުވިއެވެ.

އަދި މިހާރު، މީދޫގެ ދިގުމަގުގެ މަސައްކަތް ވަކިހިސާބަކުން މަޑުޖެހިފައި ވީނަމަވެސް އެމަސައްކަތްވެސް ވަރަށް އަވަހަށް ފަށައިގަނެވޭނެކަމަށް އައްދު ވިދާޅުވިއެވެ.

ހުޅުމީދޫގެ މަގު ބައްތި ދިއްލުމުގެ މަޝްރޫއަށް ކައުންސިލުން 829000 (އަށްލައްކަ ނަވާވީސް ހާސް) ރުފިޔާ ހަރަދު ކުރާއިރު
ހުޅުމީދޫގެ މަގުބައްތި ނެޓްވޯކްގެ މައްސަލަ ހައްލުކުރުމުގެ އިތުރު މަޝްރޫއެއްވެސް އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކައުންސިލުން ދަނީ ކުރަމުންނެވެ.

އަދި މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާއިރު، މިމަސައްކަތަށް ކައުންސިލުން 4 ލައްކަރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.