Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ދީފި

އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

އައްޑޫގެ ޕޮލިސް ސްޓޭޝަން ތަކުގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބުނު ފަރާތްތަކަށް އެކަމުގެ ލިއުން ހަވާލުކޮށްފިއެވެ.

ގަމުގެ، ރަތް ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަގާމުގެ ކުރިއެރުން ހޯދި ފުލުހުންނަށް ލިއުން ހަވާލުކޮށްދެއްވީ ސައުތު ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު އާއި އައްޑޫ ޕޮލިސް ސްޓޭޝަން އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ވަޙީދުއެވެ.

މި ރަސްމިއްޔާތުގައި، ގަން، ހިތަދޫ އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ތެރެއިން 9 ފުލުހަކަށް ވަނީ މަގާމުގެ ކުރިއެރުން ލިބިފައެވެ.

މި ރަސްމިއްޔާތުގައި ސައުތު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، މަގާމުގެ ކުރިއެރުން ލިބިނު ފުލުހުންނަށް ލިބިގެން ދިޔައީ އިތުރު ޒިއްމާ އަކާއި، ވާޖިބެއް ކަމަށާއި، އެކަން ހަދާނުގައި ބަހައްޓައިގެން، މިހާރަށް ވުރެ ރަނގަޅު ހިދްމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަމީރު ވިދާޅުވީ، ހުރިހާ ފުލުހުން ގުޅިގެން ސާބިތު ކަމާއިއެކު، ރައްޔިތުންނަށް ހިދްމަތް ފޯރުކޮށް ދިނުމަށާއި، އައްޑޫ އަކީ އަމާން ތަނަކަށް ހެދުމަށް ގުޅިގެން މަސައްކަތްކޮށްދެއްވުމަށެވެ.