Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ކަތިވަޅިއަކުން ހަމާލާދީ މަރަދޫގައި މީހަކު ޒަހަމްކޮށްލައިފި

މިރޭ 22.55 ހާއިރު މަރަދޫ ތެރޭން ބަޔަކު ކަތިވަޅިއަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

އައްޑޫލައިވްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަތިވަޅިން ހަމަލާ ދިމުމާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ ސ.ހިތަދޫ، ބުލްބުލާގެ، މުހައްމަދު ނަސީރު (ބަރުމާ) (34އ)އެވެ. އޭނާގެ ބޮލުގެ 2 ތަނަކުން ތިން އިންޗްއެއްހާތަން ޒަހަމްވެފައިވާ އިރު އަތުގެ ދެ ތަނެއްވެސް ވަނީ ޒަހަމްވެފައެވެ.

މަރަދޫން ވާހަކަ ދެއްކި މީހަކު ބަރުމާ ދުއްވާފައިދިޔަ ކާރު މަރަދޫތެރޭން ހުއްޓުވުމަށްފަހު ގްރޫޕަކުން އޭނާއަށް ހަމަލާދީ އޭނަގެ ކާރަށްވެސް ބޮޑެތި ގެއްލުންދީފައިވާ ކަމަށެވެ.

ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ތަފްސީލް އަންނަނީ…..