Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ކަތިވަޅިން ހަމާލީ ދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ- ޕޮލިސް

ރޭ މަރަދޫގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ކަތިވަޅިއަކުން ޖަހައި ޒަހަމް ކުރި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ސައުތު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ތޫނުއެއްޗެހި ބޭނުންކޮށްގެން މީހަކު ޒަހަމްކޮށްލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، ހާދިސާ އާއި ގުޅުން ހުރި ފަރާތްތައް ފުލުހުން ހޯދަމުން އަންނަ ކަމަށެވެ.

ރޭ 22:55 ހާއިރު ހިތަދޫ، ބުލްބުލާގެ، މުހައްމަދު ނަސީރުއަށް ބަޔަކު ކަތިވަޅިން ހަމަލާ ދީފައިވަނީ އޭނާ ކާރެއްގައި މަރަދޫ ތެރެއިން ދަނިކޮށް ހުއްޓުވައިގެންނެވެ. މިހާދިސާގައި އޭނާގެ ބޮލުގެ ދެ ތަނަކުންނާއި އަތުގެ ބައެއް ވަނީ ޒަހަމްކޮށްލާފައެވެ.

މުހައްމަދު ނަސީރުއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރޭ ފަރުވާދީފައިވާ އިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި ނަސީރު އެޑްމިޓް ކުރުމަށް ޑޮކްޓަރު ލަފާދީފައިވަނިކޮށް އޭނާ އެޑްމިޓް ނުވެ ގޮސްފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.