Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މާރާމާރީ އާއި ގުޅުން ހުރިކަމަށް ބެލެވޭ މީހަކު އަލަމާރިއެއްގެ ތެރެއިން ހައްޔަރުކޮށްފި

ހިތަދޫ ޕޮލިސް ސްޓޭޝަން: . ފޮޓޯ/ އައްޑޫ ލައިވް

ރޭ މަރަދޫގައި ހިންގި ކަތިވަޅިންޖެހުމުގެ ހާފިސާ އާއި ގުޅުން ހުރިކަމަށް ބެލެވޭ މީހަކު، އޭނާ ދިރިއުޅޭ ގޭގެ އަލަމާރިއެއްގެ ތެރެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޯޓް އަމުރެއްގެ ދަށުން މިއަދު މެންދުރު ފަހު 3:30 ހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނި ހައްޔަރު ކުރި ޒުވާނާއަކީ ތަފާތު އެކިއެކި ކަންކަމާ ގުޅިގެން ފަސް ފަހަރު ހުއްޓުވައި ސުވާލުކޮށް، 11 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ނުވަ ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ.

މީގެ އިތުރުން އޭނާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީއާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދިން މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ރޭ 22:55 ހާއިރު ހިތަދޫ، ބުލްބުލާގެ، މުހައްމަދު ނަސީރުއަށް މަރަދޫ ތެރެއިން ބަޔަކު ކަތިވަޅިން ހަމަލާ ދީފައިވަނީ އޭނާ ކާރެއްގައި ދަނިކޮށް ހުއްޓުވައިގެންނެވެ. މިހާދިސާގައި އޭނާގެ ބޮލުގެ ދެ ތަނަކުންނާއި އަތުގެ ބައެއް ވަނީ ޒަހަމްކޮށްލާފައެވެ.

އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް ވަނީ ރޭ ވަނީ ހޮސްޕިޓަލުން ޑިސްޗާޖް ނުކުރަނީސް ގޮސްފައެވެ.