Last Updated: April 25, 06:02
Thursday, April 25, 2024
ވިޔަފާރި

އައްޑޫގެ ޓެކްސީތަކުން ނަގާނެ އަގެއް ކަނޑައަޅަނީ

އައްޑޫގައި ދުއްވާ ޓެކްސީތަކުން ދަތުރުތަކަށް ނަގަމުން އަންނަ އަގުތައް ކަނޑައެޅޭ ވަކި އުސޫލަކުން ނެގުމަށް ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރުތަކާއި އެކު ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޓެކްސީތަކުން ނަގާނެ އަގުތަކާއި މެދު ހުރިހާ ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރު ތަކާއި އެކު މަޝްވަރާ ކުރަމުން އަންނަކަމަށާއި އައްޑޫގެ ޓެކްސީ ދަތުރުތަކުގެ އަގު ވަރަށް އަވަހަށް އާއްމު ކުރާނެކަމަށެވެ.

އައްޑޫގައި މިހާރު ޓެކްސީތަކަށް ނަގާ އަގާއި މެދު އާއްމުންގެ މެދުގައި، ބޮޑެތި ޝަކުވާތައް ހުރި އިރު ކައުންސިލްގެ ވިސްނުން ހުރީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށެވެ. ނަމަވެސް މިދަނޑިވަޅު މީޓަރު ހަރުކުރުމަކީ ބޮޑު ހަރަދެއް ކަމަށް ޓެކްސީތަކުން ވަނީ ބުނެފައެވެ.

އައްޑޫގެ ރަށްތަކުގެ އެތެރޭގެ ދަތުރުތައްވެސް އެއް އަގެއް ނަގާތީ ބައެއް އާއްމުން ޝަކުވާ ކުރެއެވެ.

ޓެކްސީތަކުން އެއް އުސޫލަކުން އަގުނނެގުމާއި ގުޅޭގޮތުން މިހަފްތާ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެކު މަޝްވަރާ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.