Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ކޯޓު އަމުރެއް ތަންފީޒު ކުރުމަށް ފޭދޫ މީހަކު ހޯދަނީ

ކޯޓު އަމުރު ތަންފީޒްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވާ ފޭދޫ މީހަކު ހޯދަން ފުލުހުން އިއްލާން ކޮށްފިއެވެ.

އެގޮތުން ފުލުހުން ހޯދަމުން ދަނީ ފޭދޫ، ކޯޒީކޯނަރ އަޙްމަދު މަސްނޫމް (21އ)އެވެ. އަޙްމަދު މަސްނޫމް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލައަކާއި، ގުޅިގެން ކޯޓަަށް ޙާޟިރުވުމުގެ އަމުރާއި ހަވާލުވެ، ކޯޓަށް ޙާޟިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.

ވީމާ މީނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.