Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ ބަޖެޓް މަޝްވަރާތައް ކުރިއަށް ދަނީ

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބައްދަލުވުމެއްގައި. ކައުންސިލްގެ ބާރުތައް ވަނީ ހަނިކޮށްފައި

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ކައުންސިލުން ބުނީ، ބަޖެޓް ހަމަހަމަ އުސޫލަކުން، ފޯރުކޮށްދިނުމަށް ހުރިހާ ރަށެއްގެ އެކި ދާއިރާތަކާއި އެކު މަޝްވަރާ ކުރުމަށްފަހު، އަންނަ ޖެނުއަރީ 15އިގެ ކުރިން ބަޖެޓް މަޖްލިސްއަށް ފޮނުވާނެ ކަމަށެވެ.
1926841_485822344893364_2377677088951136032_n

އިއްޔެ ހުޅުމީދޫގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ރައްޔިތުން ވަނީ ހުލުމީދޫގެ ތަރައްޤީއަށް އެކަށީގެންވާ މަސައްކަތެއް ކައުންސިލުން ނުކުރެވޭ ކަމަށް ބުނެ ޝަކުވާކޮށްފައެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ރައްޔިތުންނާއި އެކު މަޝްވަރާ ކުރުމަށްފަހު އެކުލަވާލާ ބެޖެޓަށް ފައިސާ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ބަޖެޓް އެކުލަވާލާނީ ކައުންސިލަށް ލާޒިމް ކުރާ ކަންކަން ހިމަނައިގެން ކަމަށެވެ.

ބަޖެޓް އެކުލަވާލުމާއި ގުޅޭ ގޮތުން ކައުންސިލުން ކުރިއަށްގެންދާ މަޝްވަރާތައް ވަނީ ފޭދޫގައިވެސް ކުރިއަށް ގެންގޮސްފައެވެ.