Last Updated: April 20, 09:47
Saturday, April 20, 2024
ކުޅިވަރު

ޖޭއެފްސީގެ ބައިވެރިވުމުގެ ފޯމު މާދަމާ ދޫކުރަނީ

މުބާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތް: ފޮޓޯ: ޒުހުރި

އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ޖޭ.އެފް.ސީ ޗެލެންޖްގައި ބައިވެރިވުމުގެ ފޯމު މާދަމާ ދޫކުރަން ފަށާނެކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ބުނެފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން، ޗެމްޕިއަން ޓީމަށް ދެލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މުބާރާތުގައި ބައިވެރިވާ ފޯމު މާދަމާ ހެނދުނުން ފެށިގެން "އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް" އިން ދޫކުރާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 10 ޓީމަށް ދޭން ނިންމާފައިވާ އިރު ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އިންތިޒާމް ކޮމެޓީން ބުނެއެވެ.

ކުރިން ކާމިޔާބް ކަމާއި އެކު އައްޑޫގައި ބާއްވަމުން އައި "ގްލޯބަލް ލިންކްސް ޗެލެންޖް" ޖޭއެފްސީއަށް ރީ ބްރޭންޑްކޮށް ކުރއަށް ގެންދާ މި މުބާރާތުގައި ބައިވެރިވާ ބައެއް ޓީމްތައް މިހާރު ވަނީ ޕްރެކްޓިސް ފަށާފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހަވީރާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.