Last Updated: March 29, 06:30
Friday, March 29, 2024
ވިޔަފާރި

ހިތަދޫގައި ޕޭސްޓްރީ ކޯހެއް ފަށަނީ! ޝައުގުވެރިތަ؟

ވަޒީފާ އަދާކުރަމުން އިތުރު އާމްދަނީ ލިބޭނެ މަސައްކަތެއް ދަސް ކުރަން ބޭނުން ފަރާތްތަކަށް މިއޮތީ ރަނުގެ ފުރުސަތެއް ހުޅުވާލެވިފައެވެ.

ހިތަދޫގައި ޕޭސްޓްރީ ކޯހެއް ފެށުމަށް "އައިމިސީ ޕޭސްޓްރީ"ން މިވަނީ ނިންމާފައެވެ. އައިމިސީ ޕޭސްޓްރީން ބުނީ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށެވެ.

ތަފާތު 18 ވައްތަރެއްގެ ޕޭސްޓްރީ ތައްޔާރު ކުރާނެ ގޮތް ބުނެދޭއިރު ކޯސް ފީއެއްގެ ގޮތުގައި ނެގުމަށް ނިންމާފައިވަނީ އެންމެ 1800 ރުފިޔާއެވެ.

ކޯހާއި ގުޅޭ އިތުރު މައުލޫމާތު 7604018 އަދި 9992363 ނަންބަރު ފޯނުން ލިބޭނެ ކަމަށް އައިމިސީން ބުންޏެވެ.