Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

"މަ އެންމެ ބޭނުމީ" ކޯއްޗެއް؟ އެސްޓިއޯ އަހަރީ ސޭލް ފެށިއްޖެ!

"މަ އެންމެ ބޭނުމީ" ގެ ނަމުގައި އެސްޓިއޯގެ އަހަރު ނިންމާ ސޭލް ބޮޑެތި އިނާމު ތަކާއި އެކު މިއަދު ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ އަހަރު ނިންމާ ބޮޑު ސޭލްސް މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އެސްޓީއޯ ހޯމްއިންޕްރޫވްމަންޓްގައި ކުރިއަށްދާ ސޭލް މިއަދުން ފެށިގެން އަންނަ ޖެނުއަރީ 15 ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަދި އެސްޓިއޯ ސުޕަމާޓްގައި މި ސޭލް މިއަހަރުގެ ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެސްޓިއޯއިން ބުންޏެވެ.
12241203_1663889707184216_5021425272532012811_n

އެސްޓީއޯ ރީޖަނަލް 13 އައުޓްލެޓެއްގައިވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެސޭލްގައި ބޮޑެތި ޑިސްކައުންޓް އަދި އަގުހުރި އިނާމްތައް ލިބިގެންދާނެކަމުގައި އެސްޓީއޯއިން ބުނެއެވެ. އެގޮތުން، ސޭލްގައި އެސްޓީއޯ ހޯމްއިންޕްރޫވްމަންޓްއިން ދެހާސް ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ހާއްސަ އިނާމެއް ވަގުތުން ލިބޭނެކަމަށާއި، އެސްޓީއޯ ސުޕަމާޓް އަދި ރީޖަނަލް އައުޓްލެޓް ތަކުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމް ތަކެއް ހުށައެޅިފައިވާ ވީކްލީ ވިނާއެއްވެސް ހޮވުމަށް ހަމަޖެހިފައިވާކަމަމުގައި އެސްޓީއޯއިން ބުނެއެވެ.

މިއަހަރުވެސް ސޭލްގައި ހޯމްއިންޕްރޫވްމަންޓް އިން އެއްހާސް ރުފިޔާއިން މަތީގެ ވިޔަފާރި ކޮށްގެން އަދި އެސްޓީއޯ ސުޕަމާޓް އިން 350 ރުފިޔާގެ ވިޔަފާރި ކޮށްގެން ލަކީޑްރޯގައި ބައިވެރިވެވޭ ކޫޕަން ލިބޭނެކަމުގައި އެސްޓީއޯއިން ބުނެއެވެ.

ސޭލްގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ނަސީބުވެރި 10 ފަރާތަކަށް އެސްޓިއޯއިން އަގުހުރި އިނާމުތަކެއް ހުށައަޅާފައިވެއެވެ. އެގޮތުން އެއްވަނަ އިނާމަކަށް ޓުއަލޮޖީގެ ފަރާތުން ހުށައަޅާ ދެމީހަކަށް ޑުބާއީ ޓްރިޕް ޕެކޭޖް، ދެވަނަ އިނާމަކަށް ދަމާސް ކޮންޕެނީގެ ފަރާތުން ހުށައަވާ ބެޑްރޫމް ސެޓް، ތިންވަނަ އިނާމެއްގެ ގޮތުގައި ފިލިޕްސް ޑިޒައިން ލައިން 46 އިންޗީގެ ސްމާރޓް ޓީވީ އަދި ހަތަރު ވަނަ އިނާމަކަށް ދެމީހަކަށް ރިސޯޓް ޓްރިޕް ޕެކޭޖްއެއް ހިމެނެއެވެ. އަދި އޭގެ އިތުރުންވެސް އިނާމް ތަކުގެ ތެރޭގައި ސެމްސަންގް މޮބައިލް ފޯނާއި، ސެމްސަންގް ޓެބްލެޓް، ފިލިޕްސް އެންޑްރޮއިޑް ބޮކްސް އަދި ފިލިޕްސް އެއާ ފްރަޔާ ހިމެނެއެވެ.

ޕްރޮމޯޝަން ތެރޭ ގަންނަ ވަކި ޕްރޮޑަކްޓުތަކަށް ހާއްސަވެގެން ޑިސްކައުންޓްތަކާއިއެކު ހާއްސަ އިނާމުތަކެއްވެސް އެސްޓީއޯއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ގަންނަ ފިލިޕްސް އެއާ ފްރަޔާއާއިއެކު ހިލޭ ބްލެންޑަރަކާއި ޓޯސްޓަރެއް ލިބިގެންދާނެއެވެ. އަދި ނިޕޯން ޕެއިންޓްއިން -/3،000ރ ގެ ވިޔަފާރި ކުރައްވައިގެން ވަގުތުން ލިބޭ ގިފްޓް ޕެކަކާއި ހިޓާޗީއިން ދިހަހާސް ރުފިޔާގެ ވިޔަފާރި ކުރައްވައިގެން ވަގުތުން ގިފްޓްޕެކެއް އެސްޓީއޯއިން ދިނުމަށްވަނީ ހަމަޖެހިފައެވެ.