Last Updated: April 25, 22:42
Thursday, April 25, 2024
ސިޔާސީ

އެމްޑީޕީގެ "މޮޓަރު ބުރު" މާދަމާ ހަވީރު

އެމްޑީޕީގެ ޒުވާނުން އައްޑޫގައި އިންތިޒާމް ކުރާ "މޮޓަރު ބުރު" މާދަމާ ހަވީރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މާދަމާ ހަވީރު 4:30 ގައި ފޭދޫ އެމްޑީޕީ އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި މޮޓަރު ބުރު ނިންމުމަށް ހަމަޖެހިފައިވަނީ މަރަދޫ ފޭދޫ އަދި މަރަދޫ ވަށައިގެން ދުއްވުމަށް ފަހު އެނބުރި އައިސް ފޭދޫ އެމްޑީޕީ އޮފީސް ކުރިމައްޗަށެވެ.

މޮޓަރު ބުރު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނީ މި ބުރުގައި ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާނެކަމަށެވެ. އަދި ރައީސް ޔާމީން އާއި ދެކޮޅަށް މި ބުރުގައި ބައިވެރިވާ ފަރާތްތަކުން ޝުއޫރު ފާޅު ކުރާނެކަމަށެވެ.

މާދަމާގެ މޮޓަރު ބުރުގައި ވީހާވެސް ގިނަ އެމްޑީޕީ ސަޕޯޓަރުން ބައިވެރިވުމަށް މި ބުރު އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.

އެމްޑީޕީން އަންނަނީ މި މަހުގެ 27 ވަނަ ދުވަހު "މިންޖުވާން" ނަމުގައި މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްްޔާރު ވަމުންނެވެ. އެގޮތުން މުޒާހަރާއަށް ތައްޔާރު ވުމުގެ ގޮތުން ދެކުނަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވަނީ ރޭ މާލޭގެ މާބްލް ހޮޓަލްގައި ބައްދަލުވުމެއް ބާއްވާފައެވެ.