Last Updated: April 25, 10:40
Thursday, April 25, 2024
ސިޔާސީ

"މިންޖުވާން" ގިނަ ބަޔަކު ނިކުންނާނެ: އެމްޑީޕީ

އަންނަ ހުކުރު ދުވަހު "މިންޖުވާން"ނަމުގައި އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާގައި އަތޮޅުތަކުން ގިނަ ބަަޔަކު މާލެ އައިސް ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މުޅި ރާއްޖޭގައި އެމްޑީޕީން ގިނަ ހަރަކާތްތަކެއް ފަށާފައިވާ އިރު ބައެއް ރަށްތަކާއި، މާލޭގައި އެމްޑީޕީން ދަނީ މުޒާހަރާއާއި ގުޅޭ މައުލޫމާތު ދިނުމަށް ޑޯޓުޑޯ ހަރަކާތްވެސް ހިންގާފައެވެ.

އައްޑޫގައިވެސް ވަނީ "މިންޖުވާން" މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުން އިސްނަގައިގެން "މޮޓަރަ ބުރެއް" މިދިޔަ ހުކުރު ދުވަހު ބާއްވާފައެވެ.
73877

އެމްޑީޕީން ބުނީ މޭޑޭ މުޒާހަރާގައި ނިކުތް މީހުންނަށް ވުރެ ގިނަ މީހުން ހުކުރު ދުވަހުގެ މުޒާހަރާއަށް ނިކުންނާނެކަމަށެވެ.

އެމްޑީޕީން ބޮޑު މުޒާހަރާއަކަށް ތައްޔާރު ވަމުން އަންނަ އިރު މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސް އިންނެވި ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހްގީގަށް ބަންދުކޮށްފައި ހުރި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ސަޕޯޓަރުން މުޒާހަރާއަށް ނިކުންނާނެކަމަށް ރޭ ވަނީ އިއްލާންކޮށްފައެވެ.
73882

އެމްޑީޕީން ބާއްވަން ރާވަމުން އަންނަ މުޒާހަރާއަށް މާލެ މީހުން ގެންދިއުމުގެ އިންތިޒާމްވެސް އެޕާޓީން މިހާރުދަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ.