Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

އެފްސީ ހިތްވަރު އާއި އޯކިޑްގެ މެޗް އެއްވަރު! ފަރި ޓީމް ސެމީއަށް!

ހުޅުމީދޫގައި ކުރިއަށްދާ "އެޗްއެމް ވިމެންސް ފުޓްސަލް" މުބާރާތުގެ މިއަދު ހަވީރު އެފްސީ ހިތްވަރު އާއި އޯކިޑް ޓީމް ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެއްޖެއެވެ.

މީދޫ ފުޓްސަލް އެރީނާގައި ކުޅުނު މިމެޗްގައި ގައި އެފްސީ ހިތްވަރުއަށް ލަނޑު ޖަހާ ދިނީ ސުޒީއެވެ. އޯކިޑް ޓީމްގެ ލަނޑު ޖެހީ މީސާމްއެވެ

މި މުބާރާތުގައި މިރޭ ފަރި ޓީމް އާއި މީދޫ ފުޓްސަލް ޓީމް ބައްދަލު ކުރި މެޗް 5-0 ލަނޑުން ކާމިޔާބް ކޮށް މުބާރާތުގެ ފުރަތަމަ ސެމީ ކަށަވަރު ކުރި ޓީމްއަކަށް ފަރި ޓީމްވެއްޖެއެވެ.

ފަރިޓީމްގެ ލަނޑުތައް ޖަހާދީފައިވަނީ އަނޫޝާ އަދި ރަމީޒާއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހި އަނޫޝާއެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ އެމްޑަބްލިއު ފުޓްސަލް ޓީމް އާއި ފުޓްސަލް ޑިވާސްއެވެ.

ދެވަނަ މެޗްގައި މާދަމާ ރޭ ކުޅޭނީ އޯކިޑް އާއި ދޮންދީނި ޓީމްއެވެ.