Last Updated: April 24, 16:49
Wednesday, April 24, 2024
ޚަބަރު

ފެން ހިއްކުމަށް ބޭނުންކުރާނެ 3 ޕަމްޕު ހިފައިގެން އައިބީ ވަޑައިގެންފި

އައްޑޫ ސިޓީ ފޭދޫގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގައި ބޭނުންކުރާ ޕަންޕުތަކަށް މައްސަލަތަކެއް ދިމާވެފައި ވަނިކޮށް، އިތުރު 3 ޕަންޕެއް ހިފައިގެން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

އެއާޕޯޓުގައި ހުންނަވައިގެން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އައިބީ ވިދާޅުވި ގޮތުގައި، މިރޭ އައްޑޫ އަށް ގެނައި ފެން ހިއްކާ ޕަންޕުތަކަކީ، ޑިޒާސްޓާ މެނޭޖްމެންޓުގައި އެދިގެން އެފަރާތުން އައްޑޫއަށް ފޮނުވި އެއްޗިހި ކަމަށެވެ. މީގެ އިތުރުން އައްޑޫގައި މިވަގުތު ކްލޮރިން ނެތުމުގެ ސަބަބުން ކްލޮރިން ވެސް ކަނޑުމަގުން އައްޑޫއަށް ގެނައުމަށްޓަކައި މިހާރު ދޯންޏަކަށް އަރުވާފައިވާ ކަމަށް އައިބީ ވިދާޅުވިއެވެ.
8916796945ea9174cf17ea5000a3e7eae0b9b44cceaef932b2c9332726784db6
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ކްލޮރިން ކަނޑުމަގުން ގެންނަނީ، ޝަންގްރިއްލާ ރިސޯޓުގެ ސަޕްލައި ދޯންޏެއްގައެވެ. އެދޯނި މިރޭ މާލެއިން އައްޑޫއަށް ދިއުމަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އައިބީ އައްޑޫއަށް ވަޑައިގެންނެވި ވަގުތު އެބޭފުޅާއަށް މަރުހަބާ ދެންނެވުމަށް ފޭދޫގެ ޒުވާނުންނާއި، ޕީޕީއެމްގެ މެންބަރުން އެއާޕޯޓަށް ގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.