Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

70،000 ވަޒީފާ އުފެއްދިކަމަށް ސަރުކާރުން ބުނުމަކީ ބުހުތާން ދޮގެއް: މަލީހް

ފާއިތުވި ދެ އަހަރުގެ ތެރޭގައި 70،000 ވަޒީފާ އުފައްދާފައިވާ ކަމަށް މި ސަރުކާރުން ބުނުމަކީ ކަނޑައެޅިގެން ބުހުތާން ދޮގެއްކަމަށް ކުރީގެ ޒުވާނުންނާއި ބެހޭ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ވިދާޅުވީ ޒުވާނުން އޮޅުވާނުލެވޭނެ ކަމަށާއި، ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެކަމަށެވެ.

"70،000 ވަޒީފާ އުފައްދައިފިކަމަށް މި ސަރުކާރުން ބުނާ ބުނުމަކީ ކަނޑައެޅިގެން ބުހުތާން ދޮގެއް. ޒުވާނުން އޮޅުވާ ނުލެވޭނެ. ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ" މަލީހް ވިދާޅުވިއެވެ.

މިއަހަރުގެ މޭއި މަހުގެ 20 ވަނަ ދުވަހު ޔޫތު މިނިސްޓަރުކަމުން މަލީހް ވަކި ކުރެއްވީ ސަރުކާރުން ކެބިނަޓަށް ގެނައި ސީޔާސީ ބަދަލަކުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މަލީހް ސަރުކާރަށް ފާޅުގައި ބަސް ބުނަންފަށާފައި މިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރުކުރިފަހުންނެވެ.