Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރަންދިހަ ފަހެއް ނޫޓާއި ގުޅޭ ހާއްސަ ރޯޑް ޝޯވް މާދަމާ ހުޅުމީދޫގައި!

ރަންދިހަފަހެއް ނޫޓު ސީރީސް: މި ނޫޓުތައް ތައްޔާރުކޮށްފައިވަނީ އެންމެ ޒަމާނީ ސަލާމަތީ ސިފަތައް ހިމަނައިގެން -- ހަވީރު ފޮޓޯ: ނިޝާން އަލީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑިސެމްބަރ 2015 ގައި ނެރުމަށް ހަމަޖެހިފައިވާ ރަންދިހަ ފަހެއް ނޫޓް
ސީރީސް އާއި ގުޅޭގޮތުން އައްޑޫގައި ހާއްސަ ރޯޑް ޝޯވްތަކެއް ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނީ ރޯޑް ޝޯވް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އައްޑޫގެ އެކި ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބާއްވާ ފުރަތަމަ ރޯޑް ޝޯވް މާދަމާ ހަވީރު 3 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ހުޅުމީދޫގައި ހުންނަ އެސްޓިއޯ އިމާރާތް ސަރަހައްދުގައި ބާއްވާނެކަމަށެވެ.

ރޯޑް ޝޯވްތަކުގައި ނޫޓްތައް ބަލާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ނޫޓްތަކުގެ ސަލާމަތީ ސިފަތަކާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ރޯޑް ޝޯވްގައި އާ ނޫޓާއި ގުޅޭ ގޮތުން ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުންވެސް އޮންނާނެއެވެ.