Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ދަތުރުފަތުރަށް އާ ފެރީއެއް ގެނެސްފި

އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ދަތުރުފަތުރުގެ ހިދްމަތް ދިނުމަށް އަލަށް ހަވާލުވި މޯލްޑިވްސް ޕޯޓްސް ލިމެޓެޑް (އެމްޕީއެލް) އިން ގެންނަ ފެރީގެ ތެރެއިން ފުރަތަމަ ފެރީ އައްޑޫއަށް ގެނެސްފިއެވެ.

އެމްޕީއެލްއިން ބުނީ އިއްޔެ އައްޑޫއަށް ގެނައި ފެރީއަކީ ހުޅުމީދޫ އާއި ފޭދޫ ދެމެދު ދަތުރުކުރުމަށް ގެނައި ފެރީއެއްކަމަށެވެ.

އެމްޕީއެލްއިން ބުނީ ކުރިންވެސް ހަމަޖެހިއްސި ތާރީހްގައި ހިދްމަތް ފެށުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޕީއެލްގެ ޗެއާމަންއަކަށް މުހައްމަދު ޖުނައިދު އޭރު ހުންނަވައިގެން ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ދަތުރުތައް ފަށާނެކަަމަށެވެ.

އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ރަނގަޅު ފެންވަރެއްގެ ހިދްމަތް ދިނުމަށް އެކުންފުނިން ވަނީ 4 ލޯންޗް ގަނެފައެވެ. އަދި އެއްގަމު ދަތުރުފަތުރަށް މުޅިން އާ 13 ބަސް ގެންނައިރު އެބަސްތައް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އައްޑޫއަށް ގެނެވެނޭކަމަށް އެމްޕީއެލް އިން ބުންޏެވެ.

އިއްޔެ އައްޑޫއަށް ގެނައި ފެރީން ފަހަރަކު 105 މީހުންނަށް ދަތުރުކުރެވޭނެއެވެ.