Last Updated: March 29, 10:47
Friday, March 29, 2024
ޚަބަރު

ހުޅުމީދޫ އިންޖީނުގެއަށް ދެ ޑިރެކްޓަރުން އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ ހުޅުމީދޫ އިންޖީނުގެއަށް ދެ ޑިރެކްޓަރަކު އައްޔަންކޮށްފިއެވެ.

އިންޖީނުގޭގެ ޑިރެކްޓަރުގެ މަގާމަށް، މީދޫ، ކަރަންކާވާދީ ހުސެއިން މުފީދު އައްޔަން ކުރި އިރު އެސިސްޓެންޓް ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ހުޅުދޫ، ލައިނޫފަރުމާގެ، މުހައްމަދު އަޒްލީން (އަޒުކީ)އެވެ.

ހުޅުދޫ އިންޖީނުގޭގައި މިވަގުތު ، ސްޓޭޝަން މެނޭޖަރަކާއި، އެސިސްޓެންޓް މެނޭޖަރެއްވެސް ތިއްބަވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް އައްޔަން ކުރި ދެ ޑިރެކްޓަރުންވެސް އިއްޔެއިން ފެށިގެންވަނީ ވަޒީފާއަށް ނިކުންން ފަށާފައެވެ.

އިންޖީނުގެއަށް "ސިޔާސީ" މަގާމު އުފައްދަމުން އަންނަ އިރު ހުޅުދޫ އޮފީހަށާއި، މީދޫ އޮފީހަށް ބޭނުންވާ އިދާރީ މުވައްޒަފުން ހޯދުމަށް ސިވިލް ސާވިސް ކަމިޝަނަށާއި، އެލްޖީއޭއަށް ހުށަހަޅާފައިވާ އިރު އޮފީސް ތަކަށް ބޭނުންވާ ސިވިލް ސާވިސް މުވައްޒަފުން ނުދެވިގެން އުޅޭނީ ފައިސާގެ ތާށިކަމުން ކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ.

ނަމަވެސް ސިޔާސީ ތަފާތު މަގާމުތައް އުފައްދައި އެފަރާތްތަކަށް ސަރުކާރުން ދަނީ މުސާރަ ދެއްވަމުންނެވެ.