Last Updated: April 19, 06:56
Friday, April 19, 2024
ސިޔާސީ

ދެ ޑިރެކްޓަރުންނަށް އޮފީސް ހެދުމުން ނަމާދު ކުރާނެ ތަނެއް ނެތް!

ހުޅުމީދޫ އިންޖީނުގެއަށް އަލަށް އައްޔަން ކުރި ދެ ޑިރެކްޓަރުންގެ އޮފީސް އެތަނުގެ މުވައްޒަފުން ނަމާދު ކުރާ ކޮޓަރީގައި ހަދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މުވައްޒަފުން ނަމާދު ކުރުމަށް ބޭނުންކުރަމުން ދިޔަ ކޮޓަރި ނެގުމަށްފަހު އަދި މުވައްޒަފުންނަށް ނަމާދު ކުރެވޭނެ ޖާގައެއް ހަދާދީފައި ނުވެއެވެ.

ޖާގައިގެ ދަތިކަން ބޮޑު ހުޅުމީދޫ އިންޖީނުގޭގެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މުވައްޒަފުން ނަމާދު ކުރާތަނަކަށް ބޭނުން ކުރަމުން ދިޔަތަން ނެގުމާއި ގުޅިގެން އެކަމާއި ބައެއް މުވައްޒަފުން ވާހަކަ ދެއްކުމުން ފަހުން ނަމާދު ކުރާނެ ތަނެއް ހަދާނެކަމަށް ބުނެފައިވާކަމަށްވެއެވެ.

ހުޅުމީދޫ އިންޖީނުގޭގައި ދެ ޑިރެކްޓަރުންނާއި، ސްޓޭޝަން މެނޭޖަރެއްގެ އިތުން އެސިސްޓެންޓް މެނޭޖަރަކު ހުންނަވައެވެ.

ފެނަކަ ކޯޕަރަރޭޝަންގެ އައްޑޫ އޮފީސްތަކަށް ގިނަ އަދަދެއްގެ "ސިޔާސީ" މަގާމުތައް އުފައްދާފައިވާ އިރު އެ މަގާމުތަކަށް ގިނައިން އައްޔަން ކޮށްފައިވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއި ދެކޮޅަށް މަސައްކަތް ކުރެއްވި ބޭ ބޭފުޅުންނެވެ.