Last Updated: April 19, 11:10
Friday, April 19, 2024
ޚަބަރު

ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކު ޒަހަމްވެއްޖެ

މިރޭ 8:10 ހާ އިރު ހިތަދޫ ލިންކް ރޯޑުގައި ހުންނަ ޕަވަޕާކް ކުރިމަތިން 2 ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް ސީރިއަސް އަނިޔާ ލިބި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ 3 މީހުންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހޭނާރައެވެ. ނަމަވެސް މިހާރު އެމީހުންގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސ.ހިތަދޫ މަސްތަކާގޭ، މުހައްމަދު އަމީޒް (24އ) އާއި ހިތަދޫ އަސުރުމާގޭ،މުހައްމަދު މައުމަން (25އ) އަށެވެ. 3 ވަނަ މީހާގެ ވަނަވަރު އަދި ސާފެއް ނުވެއެވެ.

ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި އެކެއްގެ ފައިގެ އިނގިލި ބުރިވެފައިވާ ކަމަށާއި އަނެއް ދެމީހުންނަށް އެކި ވަރުގެ ޒަހަމް ވެފައިވާ ކަމަށެވެ. އަދި އެންމެންގެ ހާލު "ނޯމަލް" ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ އެކްސިޑެންޓް ހިގަން ދިމާވި ސަބަބު ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.