Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ތިން ރަށެއްގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހަންކެޑެ ސަރަހައްދުން ގިރައިގެން ގޮސްފައި. މި ސަރަހައްދަށް އަވަސް ހައްލެއް ބޭނުން

އައްޑޫގެ ރަށްގިރުމުގެ މައްސަލަ ބޮޑުވެފައިވާ 3 ރަށަކާއި ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ނެދަލޭންޑްސްގެ ސަރުކާރުން ހިލޭގެ ގޮތުގައި ދޭ 19.5 މިލިއަން ޔޫރޫގެ އެއްބަސްވުމުގެ ދަށުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ނިންމާފައިވަނީ މަރަދޫ އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގެއެވެ. މިއެއްބަސް ވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދެވެ. އަދި ނެދަލޭންޑްސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލުއީ ޕިއޭ އެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ފުވައްމުލަކާއި އައްޑޫގެ 3 ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ގެ ދަށުން ދެބައި ކުޅައެއްބައި ފައިސާ ދިވެހި ސަރުކާރުން ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މަޝްރޫއުގެ ދަށުން މި މަސައްކަތުގެ ކޮންސަލްޓެންސީ ދިނުމަށް ނެދަލޭޑްސްގެ ރޯޔަލް ހަސްކޮނިން ޑީއެޗްވީ އާއި ދިވެހި ސަރުކާރާއި ދެމެދުވެސް ވަނީ އެެއްބަސްވުމެއް ގާއިމް ކޮށްފައެވެ. މި އެއްބަސްވުމުގައި ރޯޔަލް ހަސްކޮނިންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރު ގްލޯބަލް ޖޯން ހެންރީ ސޮއި ކުރެއްވި އިރު ދިވެހި ސަރުކާރުގެ ފަރާތުން އެއެއްބައްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2016 ވަނަ އަހރު ކުރީކޮޅުއެވެ. ނަމަވެސް މިއެއްބަސްވުމާއި އެކު ރަށްގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ޑިޒައިނިން މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.