Last Updated: April 16, 23:13
Tuesday, April 16, 2024
މުނިފޫހިފިލުވުން

ސަނަމްގެ އާ ލަވަ "އަގަރް ތުމް ސުނޯ"

ރާއްޖޭގައި ދެ ފަހަރެއްގެ މަތިން ޝޯ ދީފައިވާ އިންޑިއާގެ ބޭންޑް ސަނަމް އިން އަނެއްކާ ވެސް ބޭންޑްގެ އޮރިޖަނަލް ލަވައެއް ނެރެފި އެވެ.

"އަގަރް ތުމް ސުނޯ" ގެ ނަން ދީފައިވާ މި ލަވައިގެ ވީޑިއޯ އާ އެކު އާންމު ކުރުމާ އެކު ފޭނުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދަމުންނެވެ.

ލަވައިގެ އަޑުގެ ވެރިޔަކީ ސަނަމް ބޭންޑްގެ ލީޑް ވޯކަލިސްޓްސް ސަނަމް ޕޫރީ އެވެ.

މިއީ މި އަހަރުގެ ތެރޭގައި ސަނަމް އިން ބެލުންތެރިންނަށް ދޫކޮށްލި އެ މީހުންގެ ތިން ވަނަ އޮރިޖިނަލް ލަވަ އެވެ.

އެ ބޭންޑް ބޮޑަށް މަޝްހޫރޫ ކުރީގެ ހިންދީ ލަވަތައް މޮޑިފައިކޮށްގެން ކިޔާ ބޭންޑެއްގެ ގޮތުގަ އެވެ.

ސަނަމް އިން ބުނީ މިހާރު އަމާޒަކީ އެ މީހުންގެ އަމިއްލަ ލަވަތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުން ކަމަށެވެ.