Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

ހިގުއެއިން ޔުވެންޓަސް އަށް: ރިކޯޑް ފީގެ ލިސްޓުގެ ތިން ވަނައަށް!

ނަޕޯލީ އިން އާޖެންޓީނާގެ ގޮންޒާލޯ ހިގުއެއިން ޔުވެންޓަސް އަށް 75 މިލިޔަން ޕައުންޑަށް ވިއްކާލި ވާހަކައަކީ މިދުވަސްކޮޅު ފުޓުބޯޅަ ދުނިޔޭގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައެވެ.

އިނގިރޭސި ކުލަބު އާސެނަލްއާ ގުޅުމަށް އުޅޭ ކަމުގެ ޚަބަރު ފެތުރިފައިވަނިކޮށް ނަޕޯލީއިން ވަނީ އާސެނަލް ހުށައެޅި ބިޑު އަނބުރާ ފޮނުވާލާފައެވެ.

ޔުވެންޓަސް އިން ހުށައެޅި 75.3 މިލިޔަން ޕައުންޑަކީ ތިންވަނައަށް ފުޓުބޯޅަ ކުޅުންތެރިޔަކު ގަތުމަށް ޓީމަކުން ހުށައެޅި އެންމެ ބޮޑު އަގެވެ.

2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ރިއަލް މެޑްރިޑަށް ބަދަލުވި 80 މިލިޔަން ވައްޓާލާފައިވަނީ ހަމަ އެޓީމުން 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިން ގެރެތް ބޭލް ގެނައި 85 މިލިޔަން ޕައުންޑުގެ ރެކޯޑު ފީއެވެ.

ހިގުއެއިން ވަނީ މިދިޔަ ސީޒަނުގައި ނަޕޯލީ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، ސެރިއޭ އޭ ގެ ރަން ބޫޓުވެސް 36 ގޯލާއެކު ހޯދާފައެވެ.

ހިގުއެއިން ގެ ޓްރާންސްފާ ވެގެން ދިޔައީ ޔުވެންޓަސް އިން މިސީޒަނުގައި ގެނައި 5 ވަނަ ކުޅުންތެރިޔާއަށެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ނެގުމަށް ޓާގެޓުކޮށް ޔުވެންޓަސް އިން ނިކުންނައިރު ގިނަ ސަޕޯޓަރުންނެއް ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގު ނަގާނެ ޓީމަކީ ޔުވެންޓަސް ކަމަށް ގަބޫލުކޮށްގެނެވެ.