Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމްއެމްއޭ އާއި ބެންކްތައް އާދީއްތަ ދުވަހު ހުޅުވާނެ

ބީއެމްއެލް ހިތަދޫ ބްރާންޗް. އައްޑޫލައިވް ފޮޓޯ: ހުސައިން މިރުސާދު

މިނިވަން ދުވަހާއި ގުޅިގެން ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފައިވީނަމަވެސް ބޭންކުތަކާއި އެމްއެމްއޭ ރައްޔިތުންގެ ޚިދުމަތުގައި ހުޅުވާނެ ކަމަށް އަންގައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބޭންކުގެ އެންމެހާ ބްރާންޗުތައް އެހެން ދުވަސްތަކެކޭ އެއްފަދައިން ހެނދުނު 8:30 އިން މެންދުރު 2:00 އަށް ހުޅުވިފައި ހުންނާނެ ކަމަށާއި ހުރިހާ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
Capture

"އެއްފަހަރާ ގިނަ ދުވަސްވަންދެން ބަންދުކޮށްފައި އޮތުމުން ވިޔަފާރިވެރިންނަށާއި އާއްމު ރައްޔިތުންނަށް ދަތިތަކާ ދިމާވެދާނެތީ ފަސޭހަކޮށްދިނުމުގެ ގޮތުން. އެގޮތުން އަންނަ އާދީއްތަ ދުވަހު މި އޮތޯރިޓީ އާއި ބޭންކުތައް ހުޅުވަން ނިންމީ،" މަރުކަޒީ ބޭންކުގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.

އެ އޮފިޝަލް ވިދާޅުވީ އެ އޮތޯރިޓީ ބޭންކުތަކުގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކާއި އެޗްޑީއެފްސީ އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ ވެސް 31 ވާ އާދީއްތަ ދުވަހު އެހެން ދުވަސްތަކެކޭ އެއްފަދައިން ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިފަހަރު މިނިވަން ދުވަހުގެ ޗުއްޓީ ވަނީ 6 ދުވަހަށް ރައީސުލް ޖުމުހޫރިއްޔާ ދިގު ކުރައްވާފައެވެ.