Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ގަނޑުވަރުގެ ވެރިޔާ ކަށްވަޅުގެ މެހުމާނަކަށް ވެދާނެ: ހުތުބާ

ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައިވެސް ގަނޑުވަރުގެ ވެރިޔާ ކަށްވަޅުގެ މެހެމާނަކަށް ބަދަލުވެދާނުގެ ހަދާން އާކޮށްދެމުން ހިޔާނާތްތެރިވުމާއި ބޮޑާވެ ނުގަތުމަށް މިއަދުގެ ހުކުރު ހުޠުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.

މިއަދުގެ ހުކުރު ހުޠުބާ ބިނާވެފައިވަނީ ކިބުރުވެރިވެރިވެ ބޮޑާވެ ނުގަތުމަށާއި، ހިޔާނާތްތެރި ނުވުމަށެވެ. އެގޮތުން މާތް ﷲ އެންމެ ރުހިވޮޑިނުގަންނަވާ މީހުންގެ ތެރޭގައި ބޮޑާވާ ހިމެނޭކަމަށް ހުޠުބާގައިވެއެވެ.

އިންސާނާ ކިބުރުވެރިވާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އޭނާގެ އެއްވެސް އާރެއް ބާރެއް ނެތްކަން ހުޠުބާގައި ބަޔާންކޮށްފައިވެއެވެ.

"އެންމެ ސިކުންތެއްގެ ތެރޭގައި ގަނޑުވަރުގެ ވެރިޔާ ކަސްވަޅުގެ މެހްމާނަކަށް ބަދަލުވެދާނެ. އިންސާނެއްގެ ސިކުޑީގެ ނާރެއްގެ ތެރޭގައި އަފުނޯސް ކަށްޓެއްގެ ލޭފޮދެއްގެ މިންވަރު ގަޑުވިޔަސް އެމީހަކު ވާވެދާނެ. ނުވަތަ ކަނުވެދާނެ. ނުވަތަ މޮޔަ ވެދާނެ. އެހެންވީމާ ބޮޑާ ވާންވީ ކޮންކަމަކާހެދި ހެއްޔެވެ."

އިންސާނުން ﷲ މަތިން ހަދާން ނައްތާލައި އުފާ ނުކުރުމަށް ހުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"ލޮބުވެތި މުސްލިމް އަޙުންނޭވެ! ﷲ ލޯބިވެވޮޑި ނުގަންނަވާ މީހުންގެ ތެރޭގައި ހިޔާނާތްތެރިން ވެއެެވެ."

އަދި ހިޔާނާތްތެރީންގެ ރޭވުން ކިތަންމެ މޮޅު ކަމުގައިވިޔަސް އެކަން އެކަލާނގެ ބޭޒާރު ކުރައްވާނެ ކަމުގެ އިންޒާރު މިއަދު ހުޠުބާގައިވެއެވެ.