Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ފަހުމީ އާއި ނަޖީބް ވެސް ދޫކޮށްލައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމުން މިންޖުވާން އެދި މިއަދުގެ ހުކުރު ނަމާދަށް ފަހު ހިތަދު އާއި ފޭދޫގައި އިސްކޮށް ދުއާކޮށްގެން ހައްޔަރު ކުރި ގާނޫނީ ވަކީލް އިބްރާހީމް ނަޖީބާއި ހިތަދޫގެ ކުރީގެ ކައުންސިލަރު ހުސައިން ފަހުމީ ދޫކޮށްލައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އެ މީހުން ދޫކޮށްލީ މިސްކިތުގެ ބޭރުގައި ދުޢާ ނުކުރުމަށް ނަސޭޙަތްތެރި ވުމަށް ފަހުގަ އެވެ.

އިބްރާހީމް ނަޖީބް އިސްކޮށް ހުންނަވައިގެން ދުއާ ކުރަނީ.
އިބްރާހީމް ނަޖީބް އިސްކޮށް ހުންނަވައިގެން ދުއާ ކުރަނީ.

އައްޑޫގައި މިއަދުގެ ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމުން މިންޖުވުމަށް އެދި ދުޢާ ކުރުން ކުރިއަށް ގެންގޮސްފައި ވަނީ ހިތަދޫ ފަޒާ މިސްކިތާއި ފޭދޫ ބޮޑު މަގުގައި ހުންނަ ހުކުރު މިސްކިތުގަ އެވެ.

މިއީ އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އައްޑޫގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރި ފުރަތަމަ ފަހަރެވެ.