Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މުންކަރާތްތަކުގެ ވާހަކަ ދައްކާނަން: ޝެއިޚް ޒައިދު

ޢިލްމުވެރިންނަށް ވަރަށް ގިނަ ބައެއްގެ ފަރާތުން ނަފްރަތުގެ ބަސް އަމާޒުވާ ކަމަށާއި، އެފަދަ ބަސްތައް ރައްދުވި ކަމުގައި ވިޔަސް މުންކަރާތްތައް ފާޅުގައި ހިނގާ ކަމަށް ވަންޏާ އެކަމުގެ ވާހަކަ ދައްކާނެ ކަމަށާއި އެއީ ވާޖިބެއް ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޒައިދުގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ، އިލްމުވެރިންނަށް ތައުރީފްގެ ބަސް ވެސް ރައްދުވާ ކަމަށާއި ވަރަށް ގިނައިން ނުރުހުން ވެސް އަމާޒުވާ ކަމަށެވެ. އެހެން ނަމަވެސް ހިތުގައި އެއްވެސް ބަޔަކަށް ނަފްރަތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ތައުރީފްގެ ބަސް ވެސް ރައްދުވޭ. ވަރަށް ގިނައިން ނުރުހުން ވެސް އަމާޒުވޭ. ނަމަވެސް ހިތުގައި އެއްވެސް ބަޔަކަށް ނަފްރަތެއް ނެތް. ތައުރީފް ކުރާ މީހަކު ތައުރީފް ކުރަންވީ. ނުރުހުންތެރިވާ މީހަކު ނުރުހުންތެރިވާންވީ. ނަމަވެސް މުންކަރާތެއް ފާޅުގައި ހިންގަންޏާ އެވާހަކަ ދައްކާނަން. އެއީ ވާޖިބެއް. އަދި އެކަން ކުރުން މަތީގައި ދެމި ތިބޭނެ ވާކަވެސް ދަންނަވަން އިންޝާﷲ" ޝެއިޚް ޒައިދުގެ ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

މިނިވަން ދުވަހާއި ގުޅިގެން މާލޭގައި "ދިވެހި ފަންނާނުންގެ މިއުޒިކް ޢީދު" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯވް އާއި ދެކޮޅަށް ވެސް ޝެއިޚް ޒައިދު ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ދީނުގައި ޙަރާމްކުރައްވާފައިވާ މިއުޒިކީ ޢީދެއް ބޭނުން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

"އިޚްލާސްތެރިކަމާއި އެކު ދަންނަވަން. ދީނުގައި ޙަރާމްކުރައްވާފައިވާ މިއުޒިކީ ޢީދެއް އަޅުގަނޑުމެން ބޭނުމެއް ނޫން،" ޒައިދު ވިދާޅުވި އެވެ.