Last Updated: April 20, 09:14
Saturday, April 20, 2024
ސިޔާސީ

އިއްތިހާދުގެ ޖަލްސާއެއް މިރޭ މަރަދޫފޭދޫގައި

އިދިކޮޅު އިއްތިހާދުގެ ޖަލްސާތައް އައްޑޫގައި ފަށައި މިރޭ އިތުރު ޖަލްސާއެއް މަރަދޫ ފޭދޫގައި ބައްވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އައްޑޫ އިސް ބޭފުޅަކު ވިދާޅުވީ މިރޭ މަރަދޫފޭދޫ ބާއްވާ ޖަލްސާ ބާއްވާ ޖަލްސާ 9 ޖަހާއިރު ފަށާގޮތަށް ހަަމަޖެހިފައިވާ ކަމަށެވެ.

"ޖަލްސާ އޮންނާނީ، މަރަދޫ ފޭދޫ ބޮޑުމަގުގައި ހުންނަ "ދިވެހި ފެހުން" ފިހާރަ ކުރިމަތީގައި. ވީހާވެސް ގިނަ އިސްލާހަށް ލޯބި ކުރާ ފަރާތްތަކުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދެން"

މަރަދޫފޭދޫގައި މިރޭ ބައްދަލުވުމެއް ބާއްވާއިރު ރޭ ފޭދޫގައި ވެސް ވަނީ އިއްތިހާދުގެ ބައްދަލުވުމެއް ބާއްވާފައެވެ. ރޭގެ ބައްދަލުވުން ނިންމާލާފައިވަނީ އަނިޔާވެރިކަމާއި ދެކޮޅަށް ދުއާ ކުރުމަށްފަހުއެވެ.

އިއްތުހާދުން މިއަދު ހުކުރު ނަމާދަށް ފަހު، ހިތަދޫ މަސްޖިދުލް އިކްރާމް އާއި ފޭދޫ ހުކުރު މިސްކިތުގައި ދުއާކުރުން ބޭއްވިއެވެ. މި ދެތަނުގައި އިސްވެ ދުއާ ކުރި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް ފަހުން ވަނީ ދޫކޮށްލާފައެވެ.

ދުވަސްތަކަކަށް ސިޔާސީ ހަރަކާތް އައްޑޫގައި މެދުކެޑިފައި އޮތުމަށްފަހު މިހާރު އަލުން މިވަނީ ފެށިފައެވެ.