Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

އެތުލެޓިކްސް މުބާރާތަށް ފުރުސަތު ހުޅުވާލައިފި

"ނަވާރަ ވަނަ މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލާފައިވާ އިރު، އެ ފުރުސަތު ކޮލެޖްތަކަށް ވެސް މިފަހަރު ހުޅުވާލައިވާ ކަމަށެވެ.

މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންހެން އަދި ފިރިހެން ވަކިން، ފަސް އުމުރު ފުރައަކަށް ބަހާލައިގެންނެވެ.

އެތުލެޓިކްސް މުބާރާތުގެ އުމުރު ފުރައިތައް ބަހާލެވިފަިއ ވަނީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރަ އެވެ.

މުބާރާތް އޮންނާނީ ސެޕްޓެމްބަރު 2-5 އަށް ވަނަ ދުވަހުގެ ނިޔަލަށް މާލޭގަ އެވެ.