Last Updated: April 23, 20:38
Tuesday, April 23, 2024
މުނިފޫހިފިލުވުން

ޕިންކް: އަންހެނުންގެ ބާރުވެރި ކަމަށް

އަންނަ މަހު ރިލީޒް ކުރާ ފިލްމް "ޕިންކް" ގެ ޓްރެއިލާ ބަލާލިން ހެއްޔެވެ؟

ޓްރެއިލާ އިން ވެސް މިއީ ވަރުގަދަ ފިލްމެއްކަން ވަނީ ސާބިތުކޮށް ދީފަ އެވެ. އެއީ ފިލްމުގެ މުހިއްމު ރޯލަކުން އަމީތާބް ބައްޗަން ފެނިގެން ދާތީކީ ނޫނެވެ. ހަމަ އެއާ އެކު މި ފިލްމުގެ ޕްރޮޑިއުސަރަކީ "ޕީކޫ" އާއި "ވިކީ ޑޯނާ" ގެނެސް ދިން ސުޖިތު ސިކްރާސް އަށް ވާތީކީ ވެސް ނޫނެވެ.

"ޕިންކް" ހާއްސަވާ މައިގަނޑު ސަބަބަކީ ފިލްމުން ދައްކުވައި ދޭނީ އަންހެނުންގެ ބާރުވެރިކަމަށް އިސްކަން ދޭން ޖެހޭ މިންވަރެވެ.

އެ މީހުންނަކީ އާދައިގެ ބައެއް ނޫން ކަމަށާއި ކޮންމެ އޮޅިއެއް ވެސް ގިރާ ކުރަން ތައްޔާރަށް ތިބި ބައެއްކަން ފިލްމުގެ ފުރަތަމަ ޓްރެއިލާ ވަނީ ސާބިތުކޮށް ދީފަ އެވެ.

"ޕިންކް" ޑައިރެކްޓްކޮށްފައި ވަނީ އަނިރްދާ ރޯއި ޗައުދަރީ އެވެ.

ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ތިން އަންހެނުން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ އަދި އެންޑްރިއާ ޓަރިންގް އެވެ.

އަންނަ މަހުގެ 16 ގައި ރިލީޒް ކުރާ "ޕިންކް" ގެ މުހިއްމު ރޯލަކުން އަންގަދް ބޭދީ ވެސް ފެނިގެން ދާނެ އެވެ. މި ފިލްމުގައި އަމީތާބް ފެނިގެން ދާނީ ލޯޔަރެއްގެ ރޯލުންނެވެ.