Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޕީއެސްއެމުން ރައީސް މައުމޫންގެ އަބުރަށް "އަރައިގެންފި"

އިއްޔެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި "އަބުރު ރައްކާތެރިކުރުމާއި މިނިވަންކަމުގެ ބިލް" ތަސްދީގު ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، އެބިލް އޮންނަން ޖެހޭކަމަށް އެންމެ ބޮޑަށް ތާއިދު ކުރި ދައުލަތުގެ މީޑިއާއިން ރައީސް މައުމޫނުގެ "އަބުރު ކަތިލައި" ރިޕޯޓެއް ޝާޢިރު ކުރުމަށްފަހު ފާޑުކިއުންތައް އަމާޒުވާންފެށުމުން އެލިޔުން ނަގައިފިއެވެ.

ޕީއެސްއެމް ވެބްސައިޓް އަދި ޓީވީއެމްއިން ރޭ 8 ޖެހި އިރު ގެނެސްދިން ރިޕޯޓަކީ އިއްޔެ ރައީސް މައުމޫނު ކުރެއްވި ޓްވީޓަކާއި ގުޅިގެން، އެ ޓްވީޓަށް އަމާޒު ކޮށް ތައްޔާރު ކުރި ރިޕޯޓެކެވެ.

abc2

ސިޔާސީ ގޮތުން ކާމިޔާބް ހޯދުމަށް ބިރިފަހަނަޅާ ދާން ޖެހޭކަމަށް ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓްވީޓާއި ގުޅިގެން ޕީއެސްއެމް އިން ތައްޔާރު ކުރި ރިޕޯޓްގައި ވަނީ އެއީ އިސްލާމް ދީނާއި ހިލާފްކަންކަމަށް ރައީސް މައުމޫން ހިތްވަރު ދެއްވަނީ ކަމަށާއި، އެއީ އިދިކޮޅު އެމްޑީޕީން ރިޔާސީ އިންތިހާބްގައި ބޭނުން ކުރި "ބިރަކާއި ނުލައި މަޖާކުރުން" ހިތްވަރު ދެއްވައި މައުމޫން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.
abc1
އަދި “ދޮށީ ދަރިކަލުން ފާރިޝް މައުމޫނަށް ސިޔާސީ ގޮތުން ބާރުތަކެއް ހޯއްދަވައިދެއްވުމަށް މައުމޫން މަސައްކަތްޕުޅު ފައްޓަވާފައިވާކަމަށް އެކި މީޑިއާތަކުން ތުހުމަތުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި، އެ މަނިކުފާނު މި ޓްވީޓް ކުރެއްވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން” ކަމަށާއި ރާއްޖެއިން ބޭރަށް މިފަހަރު މި ކުރައްވާ ދަތުރުފުޅުގައި މައުމޫނަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ޝަރީއަތުގެ ކުރިމައްޗަށް އެމަނިކުފާނު ގެންދިއުމަށް އެތައް މަސައްކަތެއް ކުރެއްވި ކުރީގެ ރައީސް ނަޝީދުއާ އަދި މައުމޫނާމެދު ޒާތީގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ދައްކަވާފައިވާ ސިޔާސީ އެތައް ބޭފުޅަކާ ބައްދަލުކުރައްވާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ފެތުރިފައިކަމަށް” ވެސް އެ ރިޕޯޓްގައި ވެ އެވެ.

“އުމުރުން 80 އަހަރާ ކައިރިވީފަހުން މައުމޫނުގެ ބަސްމަގު މިގޮތަށް ބަދަލުކުރެއްވުމުން ދެން ދައްކަވާފާނެ ވާހަކަފުޅުތަކަކާމެދުވެސް ސުވާލު އުފެދެ އެވެ. ފަހަރުގައި ރައީސް ނަޝީދު ކުރިން ވިދާޅުވި މޭރުމުން ރައްޔިތުންނަށް ނުލަފާކަން ދައްކާލާނެ ކަމަށާ، ދޮން މީހުން އުޅެންޖެހޭގޮތަށް އުޅެންޖެހޭނެ ކަމަށާ، އެންމެން އަބަދު ހަމައިގާ ތިބުން އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ، ޢީބަ ބުނުމާއި ނެތިމޮށެ އުޅެންޖެހޭނެ ކަމަށް ވިދާޅުވެވެސް މައުމޫން ޓްވީޓްތައް ކުރައްވަން ފެއްޓެވުމަކީ އެކަށީގެންވާކަމެއްކަމަށް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ” ޕީއެސްއެމްގައި ޝާއިއު ކުރުމަށްފަހު މިހާރު ނަގާފައިވާ ރިޕޯޓްގައި ލިޔެފައި ވެ އެ.

އެ ރިޕޯޓް ގެނެސްދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ރިޕޯޓްގެ ސްކްރީން ޝޮޓް ދުނިޔޭގެ އެންމެ ބޮޑު މީޑިއާގައި ދައުރުވާން ފެށިއެވެ. ސޯޝަލް މީޑިއާގައި އެހަބަރު ދައުރުވާން ފެށުމާއި އެކު، އެލިއުން ވަނީ ޕީއެސްއެމްގެ ވެބްސައިޓްއިން ނަގާފައެވެ. މިލިޔުމަށް އެތައް ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

އަބުރު ރައްކާތެރިކުރުމުގެ ބިލްގައިވާ ގޮތުން މީހަކު ދައްކާ ވާހަކައަކުން، ލިޔާ ލިޔުމަކުން، ކުރެހުމަކުން، އިޝާރާތަކުން، ލައްވާ އަޑަކުން ވެސް އެހެން މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަތުވެއްޖެ ކަމަށް ތިން ވަނަ ފަރާތަކަށް ގަބޫލުކުރެވިއްޖެ ނަމަ އެއޮތީ ކުށްވެރިވެފަ އެވެ.

ގާނުނުގައި މިގޮތަށް މާނަކޮށްފައިވާ އިރު، ރައީސް މައުމޫންގެ އަބުރު ޕީއެސްއެމްއިން "ކަތިލާފައިވާކަމަށް" އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި މި ލިޔުމަކީ ޕީއެސްއެމްއިން އަބުރު ރައްކާ ކުރުމަށް ތާއިދު ކުރުމަށްފަހު ނަގައިދިން ފިލާވަޅެއް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ރައްޔިތުން ވަނީ ބުނެފައެވެ.