Last Updated: April 24, 18:07
Wednesday, April 24, 2024
މުނިފޫހިފިލުވުން

މިއޮތީ "އެމްއެސް ދޯނި" ގެ ޓްރެއިލާ

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ކެޕްޓަންކަންކޮށްފައިވާ މަހިންދްރަ ސިންގް ދޯނި (އެމްއެސް ދޯނި) ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "އެމްއެސް ދޯނި: ދި އަންޓޮލްޑް ސްޓޯރީ" ގެ ޓްރެއިލާ މިއަދު ލޯންޗްކޮށްފި އެވެ.

މި ފިލްމުގައި ދޯނިގެ ރޯލުން ފެނިގެން ދާނީ ޒުވާން އެކްޓަރު ސުޝާންތު ރާޖްޕުޓް ސިންގެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެން ދާނީ 2014 ގައި "ފަގްލީ" އިން ބޮލީވުޑަށް ނިކުތް ބަތަލާ ކިއާރާ އަދްވާނީ އެެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ "އެމްއެސް ދޯނި: ދި އަންޓޮލްޑް ސްޓޯރީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރް އަދި ބޫމިކާ ޗަވްލާ އަދި ދިޝާ ޕަޓާނީ ފާހަގަކޮށްލެވެ އެވެ.

ފިލްމުން ދޯނީގެ ހަޔާތް ވަރަށް ބޮޑަށް ދައްކުވައި ދޭނެ އެވެ.

އެގޮތުން އޭނާގެ ކްރިކެޓް އަރާއި އަމިއްލަ ދިރިއުޅުމާ ބެހޭ ގިނަ ކަންތައްތަކެއް ފިލްމް ބެލުންތެރިންނަށް ފެނިގެން ދާނެ އެވެ،

މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 30 ގަ އެވެ.