Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގީ ހިތަދޫ ބެންކާއި ދިމާލުގައި އޮންނަ ބެންޑުން ބާރު ސްޕީޑެއްގައި އަޅަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުކުރެވި މަގުގެ އަރިމަތީގައި ހުރި ޓްރެފިކް ނިޝާން ޖަހާފައިވާ ދަނޑުގައި ޖެހިގެން ކަމަށެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ސ. ހިތަދޫ، ދަނޑިއަލުވިގެ، އަބްދުﷲ އަޒްހީމް (15އ)އެވެ. އޭނާގެ ފައިގެ ފަލަމަސްގަނޑުން ތިން ތަނެއް ބިންދައިގެން ގޮސްފައިވާ އިރު އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިރޭ އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ. އައްޑޫލައިވް ފޮޓޯ: ނަސޫހް
މިރޭ އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ. އައްޑޫލައިވް ފޮޓޯ: ނަސޫހް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ، އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ.