Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ހިތަދޫގެ ބައެއް އަނދިރީގައި، ފެންނަ ބަޔަކު ނެތް!

އައްޑޫ ސިޓީ ހިތަދޫގެ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގުގެ ބައެއްގައި ޖަހާފައި ހުރި ބޮކިތައް އަނދައިފިއެވެ.

ހިތަދޫގެ ކުރީގެ ޕޮލިސް ޓްރެއިނިންގ ސްކޫލް ކައިރިން ފެށިގެން އެޕޯލޯ ސްޓޯރ އާ ހިސާބަށް ހުރި އެއްވެސް ލައިޓެއްގެ އަލިކަމެއް ފާޅުވާން ނުހުންނަތާ ހަފްތާއެއް ވަނީއެވެ.

14012714_288918314815292_1933410945_o

މަގަކީ ދުވާލެކޭ އެއްފަދައިން ރޭގަނޑުވެސް ގިނަ ރައްޔިތުން ބޭނުން ކުރަމުން އަންނަ މަގަކަށް ވީއިރު މަގުގައި އަލިކަމެއް ނެތި ހިނގާ މީހުން ހިނގައި، ދުއްވާ މީހުން ދުއްވަނީ ނުހަނު ދަތި އުނދަގޫ ކަމާ، ބިރުވެރިކަން މަތީގައެވެ.

14012806_288918361481954_226568408_o

ފަހުގެ މާޒީއެއްގައި އައްޑޫ ސިޓީގެ މިމަގުގައި ދުއްވާފައި ދިޔަ ކާރެއް ހިނގާފައި ދިޔަ ކުއްޖެއް ގައިގައި ޖެހި އެކްސިޑެންޓްވެ، ކުއްޖާގެ ފުރާނަ ވަނީ ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުން ހުރިހާ އެންމެން ތެދުވެ، އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރަން ޖެހުމުގެ ކުރިން މިކަން ހައްލު ކުރެވިދާނެތޯ އެވެ؟