Last Updated: April 19, 13:47
Friday, April 19, 2024
ވިޔަފާރި

އީދަށް އައްޑޫން ކޮލޮމްބޯ އަށް 199 ޑޮލަރަށް

އަންނަ އަޟުހާ އީދާ ދިމާކޮށް މޯލްޑިވިއަން އިން އައްޑޫ އިން ލަންކާގެ ކޮލޮމްބޯއަށް ދެކޮޅު ޓިކެޓު 199 ޑޮލަރަށް އަގުހެޔޮ ކޮށްފި އެވެ.

އައްޑޫ ރައްޔިތުން ލަންކާއަށް ދަތުރުކުރަން ފުރަތަމަ މާލެ ދާން ޖެހި އެތައް ބުރަތައް އުފުލަން ޖެހޭތީ އީދާ ދިމާކޮށް މޯލްޑިވިއަން އިން ރައްޔިތުންނަށް މިފަހަރު މިވަނީ ވަރަށް ބޮޑު ލުޔެއް ދީފައެވެ.

މި ދަތުރު ކުރުމަށް މޯލްޑިވިއަން އިން ހަމަޖައްސާފައިވަނީ އެއް ފްލައިޓެވެ. މި ފްލައިޓުގެ ޓިކެޓު މޯލްޑިވިއަން އިން ވަނީ މިއަދު ވިއްކަން ފަށާފައެވެ.

މޯލްޑިވިއަން ގެ ފަރާތުން މިދަތުރާ ބެހޭގޮތުން ވާހަކަދެއްކެވި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވެފައިވަނީ މިދަތުރަކީ އައްޑޫ ރައްޔިތުންނަށް ފަސޭހަކަމާއެކު ކޮލޮމްބޯ އަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެއްސި ދަތުރެއް ކަމަށެވެ.

އައްޑޫ އެކޭ އެއްފަދައިން މާލެ އަށް ވެސް އީދާއި ދިމާކޮށް ކޮލޮމްބޯ އަށް ދިއުމުގެ ފުރުސަތު މޯލްޑިވިއަން އިން ހުޅުވާލާފައިވެއެވެ. އެގޮތުން މާލޭ އިން ކޮލޮމްބޯ އަށް ދަތުރުކުރާ ފްލައިޓުގެ އަގަކީ 280 ޑޮލަރެވެ. އެއްކޮޅު ޓިކެޓެއް ވިއްކަނީ 99 ޑޮލަރަށެވެ. މިއީ ގާތްގަނޑަކަށް 1،526 ދިވެހި ރުފިޔާއެވެ.

އީދު ޗުއްޓީ އާ ދިމާކޮށް ހަމަޖެހުނު މި ފްލައިޓުތައް ނައްޓާލާނީ އަންނަ މަހު އަށް ވަނަ ދުވަހުގައެވެ. އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 17 ވަނަ ދުވަހުއެވެ.